N/A
ޗޮކޮލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން
އަތުލައިގެންފިއެވެ.

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު އެ ތަކެތި
އަތުލައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ.

"ކަސްޓަމްސް އިން ބަލާ ފާސްކުރަމުންދިޔަ
ޗޮކޮލެޓް ސިރަޕްތަކެއް ސްކޭން ކޮށް ބެލި ބެލުމުން މަސްތުވާތަކެތި ހުރިކަމަށް ޝައްކު
ކުރެވިގެން މިތަކެތި މިވަނީ ޓެސްޓު ކުރެވިފަ، މި ތަކެތި ފުރަތަމަ މަރްހަލާގަ
ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހަޝިޝް އޮއިލަށް
ޕޮޒިޓިވްވެފަ" ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން އިތުރަށް ބުނެފައިވަނީ އެ ތަކެތީގެ
ބަރުދަނުގައި 40 ކިލޯހުރި އިރު އެތަކެތީގެ އަގު 30 މިލިޔަން ރުފިޔާއަށްވުރެ އިތުރުވާނެ
ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް