ޗޮކޮލެޓް ސިރަޕް ފުޅިތަކުގައި "ހަޝިޝް އޮއިލް" ހުރިކަމެއް ނޭނގޭ – މަށަކީ މުދާ ކްލިއަރ ކުރާ މީހެއް: އަޙްމަދު ޢަލީ

ޗޮކޮލެޓް ސިރަޕް ފުޅިތަކެއްގައި ރައްކާކޮށްގެން ރާއްޖެއަށް ގިނަ އަދަދެއްގެ ހަޝިޝް އޮއިލް (ތެޔޮ) އެތެރެކުރަން އުޅުނު މައްސަލައިގާ ހައްޔަރުކޮށްފައިވާ، ޢަހްމަދު ޢަލީގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއ...

06 Jan 2026 | 07:35
މި މައްސަލައިގާ ހައްޔަރުކޮށްފައިވާ ޢަހްމަދު ޢަލީ (ވ) އަދި އެ ފޮށިތަކުން އެއް ފޮށި -

މި މައްސަލައިގާ ހައްޔަރުކޮށްފައިވާ ޢަހްމަދު ޢަލީ (ވ) އަދި އެ ފޮށިތަކުން އެއް ފޮށި -

ޗޮކޮލެޓް ސިރަޕް ފުޅިތަކެއްގައި ރައްކާކޮށްގެން

ރާއްޖެއަށް ގިނަ އަދަދެއްގެ ހަޝިޝް އޮއިލް (ތެޔޮ) އެތެރެކުރަން އުޅުނު މައްސަލައިގާ

ހައްޔަރުކޮށްފައިވާ، ޢަހްމަދު ޢަލީގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް

ކޯޓުން ދީފިއެވެ.

ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކޯޓަށް ހާޒިރުކޮށްފައިވަނީ

އޭނާގެ ބަންދަށް ކުރިން ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

ބަންދު އަމުރުގެ އިތުރު ބަޔާނުގައި

ފާހަގަކޮށްފައިވާގޮތުގައި އެ ފޮށިގަނޑުގައި މަސސްތުވާތަކެތި ހުރިކަން އޭނާއަކަށް

ނޭނގޭ ކަމަށާއި އަދި އޭނާއަކީ މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރާ މީހެއް ކަމަށް

ބުނެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

ބަންދު އަމުރުގައި ފާހަގަކޮށްފައިވާގޮތުގައި އޭނާ

އަކީ މަސްތުވާތަކެތި ހުރި ފޮށިގަނޑު ބަލާ ދިޔަ މީހާއެވެ.

"މީނާ އަކީ އަމަލީ ގޮތުން މި މައްސަލައިގާ ޝާމިލުވާ މީހެކެވެ. މީނާއަކީ

މަސްތުވާތަކެތި ހުރި ފޮށިގަނޑު ބަލައި ދިޔަ މީހާއެވެ. މި ފޮށިގަނޑުން ގިނަ

އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މި ކަމަކީ ރާވައިގެން އިންތިޒާމުވެގެން

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކޮށްފައިވާ

މައްސަލައެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ." ބަންދު އަމުރުގައި

ބުނެފައިވެއެވެ.

މި މައްސަލައަށް ބަލާއިރު މި މައްސަލައަކީ ޗޮކޮލެޓް

ސިރަޕް ފުޅިތަކެއްގައި ރައްކާކޮށްގެން ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރަން

އުޅުނު މައްސަލައެކެވެ. ބަރުދަނުގައި 40 ކިލޯ ހުރި އެ ފުޅިތަކުގައި މަގުމަތީ އަގު

30 މިލިޔަން ރުފިޔާއަށް އަރާހާ ހަޝިޝް އޮއިލް ހުރިކަމަށް މިދިޔަ ޑިސެމްބަރު 25

ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް