ހައްޔަރުކުރި މީހުން -
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި
ކުރާކަމުގެ ތުހުމަތުގައި އައްޑޫ ސިޓީއިން ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.
ސ. ހިތަދުއަށް ނިސްބަތްވާ އެ ފަސް މީހުންނަކީ
އެރަށު ކޮންމުލި، އުމުރުން 30 އަހަރުގެ ޢަލީ ނަދީމާއި، އެ ރަށު ފަލާޙް، އުމުރުން
31 އަހަރުގެ ހާފިޠު ފައުޒީ އާއި، އެރަށު ވެޔޮފެހެބުރުގެ، އުމުރުން 43 އަހަރުގެ
އިބްރާހީމް ސިރާޖާއި އެރަށު ދޮރުފޮތިމާގޭ، އުމުރުން 28 އަހަރުގެ ޙަސަން ޢަލްފާފް
އާއި ހަމަ އެރަށު ކެކުރިމާގޭ، އުމުރުން 23 އަހަރުގެ އަމީން މުޙައްމަދެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ނެޓްވޯރކްގެ އިސްފަރާތްތަކަށް
އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން
ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންނެވެ. އަދި އެ ނެޓްވޯރކްގެ ތެރެއިން
2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށްވަނީ ހޯދިފައިވާކަމަށާއި،
އެގޮތުން ފާއިތުވި ފަސް އަހަރު އެ ނެޓްވޯރކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި
19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް
ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ
އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި އަދި ޙަސަން އަލްފާފް
އާއި އަމީން މުޙައްމަދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން
ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް