މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުނޭ - ފޮޓޯ: ކަސްޓަމްސް
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ
ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިކަން ހާމަކޮށް މީޑިއާތަކަށް މަޢުލޫމާތުދެމުން
ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް
އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން
ކަމަށެވެ.
"މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން
ރުފިޔާ އަރާނެކަމަށް ބެލެވޭ" ކަސްޓަމްސް އިން ބުނެފައިވެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން އަންނަ
ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް