ޣައްޒާ މަސްރަޙް: ރަފަހް ބޯޑަރު ހުޅުވޭނީ އަސީރުންގެ ހަށިތައް ހަވާލުކުރުމުން ކަމަށް އިސްރާއީލުން ބުނޭ

ޢައްޒާ މަސްރަޙަށް ބަލާއިރު ސުލްހައިގެ މަގުޗާޓުގައި މަސްވަރާގެ ދެވަނަ މަރްޙަލާއަކާއި ހަމައަށް ދާން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. އެހެންނަމަވެސް އިސްރާއީލުން ބުނެފައިވަނީ މިސްރު ފަޅިން ޣައްޒާއަށް އިންސ...

19 Oct 2025 | 07:18
ބިމާ ހަމަވެފައިވާ އިމާރާތްތަކާ ގާކުނޑިތައް ދަށުން ޣައްޒާގެ ރައްޔިތުންގެ ހަށިތައް ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން - ފޮޓޯ: ޖެހާދް އެލްޝްރާފީ / އެސޯސިއޭޓެޑް ޕްރެސް

ބިމާ ހަމަވެފައިވާ އިމާރާތްތަކާ ގާކުނޑިތައް ދަށުން ޣައްޒާގެ ރައްޔިތުންގެ ހަށިތައް ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން - ފޮޓޯ: ޖެހާދް އެލްޝްރާފީ / އެސޯސިއޭޓެޑް ޕްރެސް

ޢައްޒާ މަސްރަޙަށް ބަލާއިރު ސުލްހައިގެ

މަގުޗާޓުގައި މަސްވަރާގެ ދެވަނަ މަރްޙަލާއަކާއި ހަމައަށް ދާން ދެން އޮތީ މަދު

ދުވަސްކޮޅެކެވެ.

އެހެންނަމަވެސް އިސްރާއީލުން ބުނެފައިވަނީ މިސްރު

ފަޅިން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމާއި އެ ފަޅިން ޣައްޒާގެ ރައްޔިތުން

މިސްރަށް ދެވޭނޭހެން ރަފަހް ބޯޑަރު ހުޅުވާލާނީ ސުލްހައިގެ މަގުޗާޓުގެ ފުރަތަމަ މަރްޙަލާގައި

އެއްބަސްވި ގޮތަށް، ދުނިޔޭގައި ނެތް އަސީރުންގެ ހަށިތައް އިސްރާއީލާއި

ހަވާލުކުރުމުން ކަމަށެވެ.

އެ މަގުން 11 ހައްޓެއް އިސްރާއީލާއި ކުރިން

ހަވާލުކޮށްފައިވީނަމަވެސް ސުލްހައިގެ މަގުޗާޓުގެ މި މަރުޙަލާގައި އެއްވެސް ހަށިގަނޑެއް

ހަވާލު ނުކުރާތީ އެކަމަށް ޕްރެޝަރު ކުރުމުގެ ގޮތުން އިސްރާއީލުން މިހެން

ބުނެފައިވާއިރު ހަމާސްއިން ރޭގައި ވަނީ ދެމީހެއްގެ ހަށިގަނޑު ހަވާލުކޮށްފައެވެ.

އިސްރާއީލުން އަންނަނީ އެ ހަށިތަކަކީ ކޮން ބައެއްގެ ހަށިތައްތޯ ކަށަވަރު ކުރަމުންނެވެ.

އިސްރާއީލުން މިއަދު ހެނދުނު ބުނެފައިވަނީ އެތަނުން

އެއް ހަށިގަނޑަކީ ރޮނެން އެންގެލް ނަމަކަށްކިޔާ އުމުރުން 54 އަހަރުގެ ފިރިހެނެއްގެ

ހަށިގަނޑުކަން މިހާރު ކަށަވަރުކުރެވިފައިވާކަމަށާއި އަނެއް ހަށިގަނޑުގެ މައުލޫމާތު

ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ހަމަލަތައް ދިނުން މެދުކަނޑާލާފައި އޮތް ނަމަވެސް އިންސާނީ

އެހީ ލިބޭނެ ގޮތެއް ނެތި ޣައްޒާގެ ހާލަތު މިހާރުވެސް އަންނަނީ ދުވަހެއް ދުވަހަކަށް

ގޯސްވަމުންނެވެ. ހާލަތަށް ލުޔެއް ލިބެން އޮތީ ރަފަހް ބޯޑަރު ހުޅުވިގެން ކަމަށް މުރާސިލުން

ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް