މިއަދު ކޯވިޑަށް ޕޮސިޓިވްވީ މާލެއިން 18 މީހުން، އަތޮޅުތެރެއިން ހަތަރު މީހުން

މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 22 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއަދު ޕޮސިޓިވްވީ މާލެއިން 18 މީހުންނާއި އަތޮޅު ތެރެއިން ހަތަރު މީހުންނެވެ. އޭގެ ...

19 Oct 2020 | 17:29

މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 22 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ޕޮސިޓިވްވީ މާލެއިން 18 މީހުންނާއި އަތޮޅު ތެރެއިން ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި ފަސް ބިދޭސީންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 1،338 މީހުންނެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 987 މީހުންނަށެވެ. އޭގެ ތެރެއިން 39 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު އައިސީޔޫގައި ފަރުވާ ދެމުންދަނީ އެކަކަށެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 354 މީހުންނެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 10،201 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 11،232 އަށް އަރާފައި އެވެ. އޭގެ ތެރެއިން 37 މީހަކު ވަނީ ކޯވިޑްގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް