ކޯވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ ނުރުހުންވެ، ސްލޮވާކިއާގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
އެގައުމުގެ މީޑިއާއިން ބުނާ ގޮތުގައި މިފަހުން އެގައުމުން އަލަށް ފެންނަން ފެށި ކޭސްތަކަކީ ސަރުކާރުން އަޅާފައިވާ ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުން ފެންނަމުންދާ ކޭސް ތަކެވެ.
ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށުމާއެކު އެ ގައުމުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. ނަމަވެސް ފެންނަމުންދާ ކޭސްތަކުގެ ޢަދަދު މަދުވާން ފެށުމުން ދިން ލުޔާއެކު، މިހާރުވަނީ ދުވަހުން ދުވަހަށް ކޭސްތައް އިތުރުވާން ފަށާފަ އެވެ.
މުޒާހަރާވެރިން ބުނަމުން ދަނީ ސަރުކާރުން ލުއި ދިނީ މާ އަވަހަށް ކަމަށާއި ބޯޑަރު ހުޅުވާލުމަކީ އެންމެބޮޑު ގޯސް ކަމަށެވެ. އަދި މިކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ދަނީ ކޭސްތައް އިތުރުވީ، ރައްޔިތުންނަށް ދިން ލުޔާއެކު، ރައްޔިތުންގެ ޢަމަލުތައް ހުރި ގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް