ވީޑިއޯ އާންމު ކުރުމާއެކު، އޭޑީކޭން ވަގަށްނެގި ތަކެތި ތަފާތު ގޮތަކަށް ރައްދުކޮށްފި !

އޭޑީކޭގެ ފާހާނާތަކުގައި ހަރުކޮށްފައިހުރި އަތް ހިއްކާ މެޝިނުތައް ވަގަށްނަގާފައިވާކަމަށް އޭޑީކޭއިން މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށް، އެކަން ކުރި މީހާގެ ވީޑިއޯ އާންމު ކުރުމާއެކު، އެ ތަކެތި ތަފާތު ގޮތަކ...

19 Oct 2020 | 13:37

އޭޑީކޭގެ ފާހާނާތަކުގައި ހަރުކޮށްފައިހުރި އަތް ހިއްކާ މެޝިނުތައް ވަގަށްނަގާފައިވާކަމަށް އޭޑީކޭއިން މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށް، އެކަން ކުރި މީހާގެ ވީޑިއޯ އާންމު ކުރުމާއެކު، އެ ތަކެތި ތަފާތު ގޮތަކަށް އޭޑީކޭ އަށް ރައްދުކޮށްފިއެވެ.

އޭޑީކޭން މިއަދު ބުނެފައިވަނީ ޑަސްޕިން ބޭގަކަށް އެތަކެތި ލާފައި، އެ ހޮސްޕިޓަލުގެ އޯޕަން އޭރިއާގައި ބަހައްޓާފައި ހުއްޓާ މިއަދު ފެނިފައިވާކަމަށެވެ. އަދި އެތަކެތި ހުރީ ބޭނުން ކުރެވޭ ހާލަތުގައި ކަމަށްވެސް އޭޑީކޭއިން ބުނެއެވެ.

https://twitter.com/ADKHospital/status/1318147739394306049

އެތަކެތި ވަގަށްނެގުމުން އޭޑީކޭން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އާންމު ފާހާނާތަކުގައި ހާއްސަ އަތް ހިއްކާ މެޝިންތައް ހަރުކުރީ ވަރަށް ފަހުން ކަމަށެވެ. އަދި އަތް ދޮވުމަށްފަހު އަތް ހިއްކުމަކީ ސާފުތާހިރުވުމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަން އެ ހޮސްޕިޓަލުން ފާހަގަ ކުރިއެވެ.

އަދި ހިތާމައަކީ އެތަކެތި ވަގަށް ނެގުން ކަމަށް އޭރު ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް