މިއަދު މާލޭގައި ދެ ގްރޫޕަކުން މާރާމާރީ ހިންގައި ދެމީހެއްގެ ބޯ ފަޅާލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ މިއަދު ހެނދުނު 7:55 ހާއިރު މާލެ މަޖީދީމަގު "ލެ ޓްރެފިކް ކެފޭ" ކައިރީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ދެމީހެއްގެ ބޯ ފަޅައިގެންގޮސް އަނިޔާވިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
"އަނިޔާވި މީހުން އައިޖީއެމް ހޮސްޕިޓަލަށްގޮސް ފަރުވާ ހޯދާފައިވޭ، އެމީހުންނަށް ވެފައިވާ އަނިޔާ ސީރިއަސްއެއްނޫން" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގައި ދެ ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް