ޙަރަމްފުޅުގައި ދުވާލަކު 15000 މީހުންނަށް ޢުމްރާގެ އަޅުކަން ކުރެވޭ ގޮތަށް ހުޅުވާލައިފި

މާތްވެގެންވާ ޙަރަމްފުޅުގައި ދުވާލަކު 15000 މީހުންނަށް ޢުމްރާގެ އަޅުކަން ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ. މިގޮތަށް ނިންމާފައި މިވަނީ ކޯވިޑް-19 ގެ ސަބަބުން ޙަރަމްފުޅު ބަންދުކޮށްފައި ބެއްހެއްޓުމަށް ފަހު،...

19 Oct 2020 | 11:48

މާތްވެގެންވާ ޙަރަމްފުޅުގައި ދުވާލަކު 15000 މީހުންނަށް ޢުމްރާގެ އަޅުކަން ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.

މިގޮތަށް ނިންމާފައި މިވަނީ ކޯވިޑް-19 ގެ ސަބަބުން ޙަރަމްފުޅު ބަންދުކޮށްފައި ބެއްހެއްޓުމަށް ފަހު، އާއްމުން ނަމާދު ކުރަން ބަންދުކުރިތާ ހަތް މަސް ފަހުން އިއްޔެ އެވެ.

އުމްރާ ކުރުމުގެ ހުއްދަ މި މަހު 4 ވަނަ ދުވަހުން ފެށިގެން ދީފައިވާ އިރު، ފުރަތަމަ ހުއްދަ ދީފައިވަނީ ދުވާލަކު 6،000 މީހުން އުމްރާ ކުރެވޭ ގޮތަށެވެ.

އުމްރާ ކުރެވޭ އަދަދު އިއްޔެ އިން ފެށިގެން 15،000 އަށް އިތުރު ކޮށްފައި މިވަނީ ދެ ވަނަ ފިޔަވަހީގެ ދަށުންނެވެ. ދެވަނަ ފިޔަވަހީގެ ދަށުން އުމްރާ ކުރާ މީހުންނާ އެކު ދުވާލަކު 40،000 މީހުން ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

އެހެން ގައުމުތަކުން އަންނަ މީހުންނަށް އުމްރާގެ ހުއްދަ ދޭން ފަށާނީ ނޮވެމްބަރު 1 ގައި ފަށާ ތިން ވަނަ ފިޔަވަހީގަ އެވެ. އެއީ އުމްރާ އަށް ދުވާލަކު 20،000 މީހުންނާއި ދެ ހަރަމަށް ޒިޔާރަތްކޮށް އަޅުކަންކުރުމަށް 60،000 މީހުންނެވެ.

ކޮވިޑް-19 ގެ ނުރައްކާ ނިމުމަކަށް އަންނަންދެން ނުވަތަ ވަކި ގޮތަކަށް ކަނޑައަޅަންދެން މި އުސޫލު، ދެމެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

އުމްރާ އަށް މީހުން އަންނަ ގައުމުތައް ކަނޑައެޅުމާއި އަދަދު ކަނޑައެޅުމުގައި އެ ގައުމެއްގައި ކޮވިޑް-19 އޮތް ހާލަތަށް ވެސް ބަލާނެ ކަމަށް ސަޢުދީ ޢަރަބިއާ އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ފެތުރޭތީ އުމްރާގެ އަޅުކަން މިދިޔަ މާރޗް މަހު މެދުކަނޑާލުމަށް ފަހު، ހައްޖުގެ އަޅުކަން ވެސް އެންމެ ފަހުން ބޭއްވީ ސައޫދީގައި އުޅޭ މީހުންނަށް ބައިވެރިވެވޭ ގޮތަށް މަދު ބަޔަކާ އެކުގަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ގާތްގަނޑަކަށް ފުރުސަތު ދީފައިވަނީ ގާތްގަޑަކަށް ހާހެއްހާ މީހުންނަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މީހުން ވަނީ ބައިވެރިވެފަ އެވެ.

ސައުދީ އަރަބިއާ އިން ވަނީ ކޮރޯނާވައިރަހަށް 342,000 މީހުން ޕޮޒިޓިވްވެ 5,185 މީހުން މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް