ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި ޑޮކްޓަރ ރާއްޖެ ނާދެވޭގޮތަށް ފޮނުވާލައިފި

ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި ޑޮކްޓަރ ރާއްޖެ ނާދެވޭގޮތަށް ފޮނުވާލައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ އެއްގ...

19 Oct 2020 | 11:34

ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި ޑޮކްޓަރ ރާއްޖެ ނާދެވޭގޮތަށް ފޮނުވާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.

އެގޮތުން އޭނާ ރާއްޖެ އިން ފޮނުވާލީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވެގެން މާލޭގެ މަގުމަތީގައި ހުރެ އިސްލާމްދީނަށް ފުރައްސާރަކުރި ވީޑިއޯ ސޯޝަލް މީޑިއާ ގައި ޢާންމުވެފައިވާ އިރު، އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރަށް ވެސް ކޮށްފައެވެ.

ނަމަވެސް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފައެވެ.

ބަންދުން ދޫކޮށްލި ނަމަވެސް އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ކުރިން ބުނެފައިވާ އިރު، އޭނާ ވަނީ ފަހުން މައާފަށް އެދި ވީޑިއޯއެއް އާންމުކޮށްފައެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި މައްސަލާގައި އޭނާ ޑީޕޯޓުކޮށްލީ، އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް