މާލޭ ސްކޫލްތަކުގައި ހަތް މަހަށް ފަހު ގްރޭޑް އަށަކަށް ކިޔަވައިދޭން ފަށައިފި

މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް އަށެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ. އެ ގްރޭޑްގެ ކިޔެވުން ފަށާފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރިތާ ހަތް މަސް ފަހުންނެވެ. އާންމު...

19 Oct 2020 | 07:51

މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް އަށެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ.

އެ ގްރޭޑްގެ ކިޔެވުން ފަށާފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރިތާ ހަތް މަސް ފަހުންނެވެ. އާންމު ހާލަތުގައި ޖުލައި ރާއްޖެ ހުޅުވާލުމަށް ފަހު މާލޭގެ ސްކޫލްތަކުގައި ކިޔަވައި ދިނީ ގްރޭޑް 9-12 އަށެވެ.

އެކަމަކު ކޭސްތައް އިތުރުވުމާއި އެކު އޯގަސްޓު މަހުގެ ތެރޭގައި އަނެއްކާވެސް މާލޭގެ ސްކޫލްތައް ބަންދު ކުރުމަށް ފަހު ގްރޭޑް9-12 އަށް ސްކޫލްތަކުގައި ކކިޔަވައިދޭން ފެށީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ގްރޭޑް އަށެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާފައިވަނީ މާލޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީ ކަމަށެވެ. އަދި އެޗްޕީއޭއިން އެގޮތަށް ލަފާ ދިނުމުން ކަމަށެވެ.

ގްރޭޑް އަށެއްގެ އިތުރުން އަންނަ ހަފްތާގެ އާދިއްތަ ދުވަހު މާލޭގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނެ އެވެ. އަތޮޅު ތެރޭގައި ކިޔަވައިދޭނީ ގްރޭޑް 1-12 އަށެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރު މާލޭގައި އިތުރު ގްރޭޑްތަކަކަށް ސްކޫލްތަކުގައި ކިޔަވައިދޭން ނުފަށާނެ ކަމަށެވެ. އަދި އަތޮޅު ތަކުގައިވެސް ފައުންޑޭޝަން ލެވެލްގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދޭން ނުފަށާނެ ކަމަށް ބުނެ އެވެ.

މިގޮތަށް ނިންމީ މި އަހަރު ނިމެން މާ ގިނަ ދުވަސް ނެތުމުން ކަމަށް އެޑިއުކޭޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް