މާލޭ އިރު ދެކުނު ފަރާތު ފަތާ ޓްރެކް ސަރަހައްދުގައި ޑައިވިން ޕްލެޓްފޯމެއް ހަދަން ނިންމައިފި އެވެ
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ އެ ސަރަހައްދުގައި ހަދާ ޑައިވިން ޕްލެޓްފޯމް ހަދައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ވާން ޖެހެނީ މާދަމާއިން ފެށިގެން މި މަހުގެ 21 ގެ ނިޔަލަށް އޮންލައިންކޮށް މި ލިންކު https://forms.gle/GEBpSeAj9abJtgnp6 މެދުވެރިކޮށެވެ.
އެ އެސޯސިއޭޝަނުން ބުނީ މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އޮންލައިންކޮށެވެ.
ފަތާ ސަރަހައްދުގައި ޑައިވިން ޕްލެޓް ފޯމެއް ހަދަން ސްވިމިން އެސޯސިއޭޝަނުން ނިންމާފައިވާއިރު ޕްލެޓް ފޯމާއި ގުޅޭ އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް