ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް: އަލީ ހާފިޒް ޖެހި ލަނޑުގެ އަދަދު 20 އަށް!

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން ކުރިޔައްގެންދާ " ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖެ 2020" މިހާރު ފެށިގެން ކުރިޔައް ދާއިރު، މި މުބާރާތުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެގޮތުން މިހާތަނަށް ގިނަ މެޗު...

19 Oct 2020 | 05:30

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން ކުރިޔައްގެންދާ " ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖެ 2020" މިހާރު ފެށިގެން ކުރިޔައް ދާއިރު، މި މުބާރާތުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެގޮތުން މިހާތަނަށް ގިނަ މެޗުތަކެއް ކުޅެ ނިމިފައިވާއިރު، ރާއްޖޭގެ މަޝްޙޫރު ބައެއް ފުޓްސަލް ކުޅުންތެރިންގެ ލަނޑު ޖެހުމުގެ ހުނަރު ވަނީ މި މުބާރާތުގައި ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔަކީ ފުޓްސަލް ދަނޑުތަކަށް މަޝްހޫރު ހުނަރުވެރިޔާ އަލީ ހާފިޒް ( އައްޔަ ހާއްޕެ) ގެ ލަނޑު ޖެހުމުގެ ހުނަރެވެ. ގިނަ ބަޔަކު ހައިރާން ކުރުވާފަދަ މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އޭނާގެ ލަނޑު ޖެހުމުގެ ހުނަރު ވެސް ވަނީ ވަރަށް ރަނގަޅަށް މި މުބާރާތުގައި ފެނިގެން ގޮސްފައެވެ.

އަލީ ހާފިޒް މިފަހަރުގެ މި މުބާރާތުގައި ކުޅެމުން ގެންދަނީ ކަންމަތީ ސްޕޯޓްސް ކުލަބަށެވެ. މި ޓީމަކީ މިފަހަރުގެ މި މުބާރާތުގައި ފޭވަރިޓުންގެ ގޮތުގައި ވެސް ބެލެވިފައިވާ ޓީމެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އަލީ ހާފިޒް އެޓީމެއްގައި ހިމެނިގެން ދިއުމަކީ އެޓީމެއްގެ ކާމިޔާބީއެވެ. މި ޓީމު މި ފަހަރުގެ މި މުބާރާތުގައި މިހާ ބޮޑު ކާމިޔާބީތަކެއް ހާސިލް ކުރަމުން ދިއުމުގެ އަސްލަކަށް ވެސް ވެފައިވަނީ އަލީ ހާފިޒްއެވެ.

އަލީ ހާފިޒް ކުޅެމުން އަންނަ ކަންމަތީ ސްޕޯޓްސް ކުލަބުން މި މުބާރާތުގައި މިހާތަނަށް ތިން މެޗު ކުޅުނު އިރުވެސް އެޓީމުން ވަނީ ބޮޑެތި ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން މި މުބާރާތުގެ ފުރަތަމަ މެޗުގައިވެސް ގޯޅި ޖޭއާރު އާއި ވާދަކޮށް 1-8 އިން ވަނީ މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ރޯޔަލް އެފްސީއާއި ވާދަކޮށް ކަންމަތީ ސްޕޯޓްސް ކުލަބު 3-12 އިން މޮޅުވެފައިވާއިރު، އެންމެ ފަހުން ޑީކޭއެންޒެޑް އާއި ވާދަކޮށް ވަނީ 2-14 ގެ ނަތީޖާއިން މޮޅުވެފައެވެ. މިހާ ބޮޑު ތަފާތު ތަކަކުން މެޗުތަކުން މޮޅުވަމުން އައުމުގެ އެންމެ ބޮޑު އަސްލަކީ އަލީ ހާފިޒް ކަމީ އެއްވެސް މީހަކު ޝައްކު ނުކުރާނެ ހަގީގަތެކެވެ.

އަލީ ހާފިޒްގެ ފަރާތުން މޮޅު ކުޅުމެއް މި ތިން މެޗުގައި ވެސް ފެނިގެން ދިޔައިރު، އޭނާ ވަނީ ތިން މެޗުގައި ޖުމްލަ 20 ލަނޑު ކާމިޔާބު ކޮށްފައެވެ. މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައިވެސް އޭނާ ޖަހާ ލަނޑުގެ އަދަދު އުޅެނީ 5 އިން މަތީގައެވެ. ރޭގެ މެޗުގައި އެކަނިވެސް އަލީ ހާފިޒް ވަނީ 10 ލަނޑު ކާމިޔާބު ކޮށްފައެވެ. އަލީ ހާފިޒް އަކީ މި މުބާރާތުގެ މިވަގުތު އެންމެ ގިނަ ލަނޑު ޖެހި ލީޑިންގް ޓޮޕް ސްކޯރާވެސް މެއެވެ.

ކަންމަތީ ސްޕޯޓްސް ކުލަބުން މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެޓީމަށް އަދިވެސް ގްރޫޕް ސްޓޭޖުގެ އެއް މެޗު ބާކީ އެބައޮތެވެ. އެހެން ކަމުން އަދިވެސް އަލީ ހާފިޒްގެ ފަރާތުން އިތުރު ލަނޑުތަކެއް ފެނުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް