އައްޑޫ މާރާމާރިއާ ގުޅިގެން އަދި މީހަކު ހައްޔަރުނުކުރޭ: ފުލުހުން

އައްޑޫ ސިޓީގައި ރޭ ހިނގި މާރާމާރިއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ. އައްޑޫ ސިޓީގެ ދެ ގުރޫޕެއްގެ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ހިނގި މާރާމާރީގައި މީހަކަށް ވަނީ ...

19 Oct 2020 | 05:22

އައްޑޫ ސިޓީގައި ރޭ ހިނގި މާރާމާރިއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އައްޑޫ ސިޓީގެ ދެ ގުރޫޕެއްގެ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ހިނގި މާރާމާރީގައި މީހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. މި މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ. މި މާރާމާރީގެ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ12:30 އެހާކަންހާއިރު ކަމަށެވެ. މި މީހާއަށް މިހާރު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މާރާމާރީގައި ޒަހަމްވި މީހާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އާއި ޝަހާދަތް އިނގިލި ވަނީ ބުރިވެފަ އެވެ. އަދި ކަތިވަޅިއަކުން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައި ވެސް ވެ އެވެ. މި މީހާގެ ޒަހަމްވެފައިވާ މަންޒަރު ފެންނަ ފޮޓޯޓަށް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާގެ ހަށިގަނޑުގެ އެކިތަންނަށް ވަނީ ހަމަލާދީފަ އެވެ. ޒަހަމްވި މީހާއަށް ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ ކަތިވަޅި އެކެވެ.

ރޭ މާރާމާރިއާ ގުޅުން ހުރި ތިން ރިޕޯޓެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ އައްޑޫގައި ހިނގި މާރާމާރީއާ އާއި، ށ ފޯކައިދޫގައި ހިނގި މާރާމާރީއެއްގެ އިތުރުން މާލޭގައި ތޫނު އެއްޗަކުން މީހަކު ޒަހަމްވި ކަމަށް ބެލެވޭ ރިޕޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް