މާމިގިލި އިބޫ ޒަހަމްވީ އަންހެނުންގެ އަތް ދަބަހުގައި އޮތް ކަޓަރުން !

ކުރީގެ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ މޭނެޖިން ޑައިރެކްޓާ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ޒަހަމްވި ކަމަށް ބެލެވެނީ އެނާގެ އަންހެނުން އަތް ދަބަހުގައި އޮތް ކަޓަރަކުން ކަމަށް އިބޫ ފުލުހުން ގާތު ބު...

19 Oct 2020 | 04:58

ކުރީގެ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ މޭނެޖިން ޑައިރެކްޓާ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ޒަހަމްވި ކަމަށް ބެލެވެނީ އެނާގެ އަންހެނުން އަތް ދަބަހުގައި އޮތް ކަޓަރަކުން ކަމަށް އިބޫ ފުލުހުން ގާތު ބުނެފި އެވެ.

އަދި އެ ޒަހަމް އިބޫއަށް ފެނިފައިވަނީ އަންހެނުންނާއެކު ދުއްވަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އިބޫ އަންހެނުންގެ އަތް ދަބަހުގައި އެ ވަގުތު ކަޓަރެއް އޮތްކަން އިބޫ ކަށްވަރުކޮށްދީފައިވާ ކަމަށެވެ. އިބޫ މިހެން ވިދާޅުވާ ގުޅިގެން ފުލުހުން އަންނަނީ މިހާރު މި މައުލޫމާތުގެ ސައްހަަކަން ކަށަވަރުކުރަމުންނެވެ.

ރޭގެ ވަގުތެއްގައި މި ހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ 10:51 އެހާކަންހާއިރު ތޫނު ހަތިޔާރަކުން ލިބިފައިވާ ޒަހަމަކަށް މީހަކު ފަރުވާ ހޯދާކަމުގެ މައުލޫމާތު އޭޑީކޭ ހޮސްޕިޓަލުން ދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް