ބޮލީވުޑްގެ ބަތަލް ސޯނޫ ސޫދުގެ ހަޔާތުގެ މައްޗަށް ބައޯ ޕިކް ހަދަން އަދި މާ އަވަސް ކަމަށް އޭނާ ބުނެފި އެވެ.
ބޮލީވުޑްގައި އޭނާ ކުޅޭ ފިލްމުތަކުގެ އިތުރުން މަޝްހޫރުވެފައިވަނީ އަމިއްލަ ފައިސާއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުންނެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސޯނޫ ބުނީ ބައޯ ޕިކް އެއް ހަދާނަމަ އެ ފިލްމުގައި ލީޑް ރޯލް ކުޅެން އޭނާ ބޭނުންވާ ކަމަށެވެ.
އިތުރަށް ބުނީ ހަޔާތުގައި އަދި ބޮލީވުޑްގައ ހޯދަން ބޭނުންވާ ވަަރަށް ގިނަ ކާމިޔާބީތައް އަދި ހާސިލް ނުވާ ކަމަށެވެ. އެހެން ކަމުން ސޯނޫގެ ހަޔާތަށް ފިލްމު ހަދާވަރުގެ ކާމިޔާބެއް ނުހޯދޭކަމަށް ބުންޏެވެ.
ސޯނޫގެ ބައޯ ޕިކް ހެދުމުގެ ވާހަކަ ދެކެވެން ފެށީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން ހާލުގަިއ ޖެހުނު ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ލޮކްޑައުންގެ މުއްދަތުގައި 1،000 އަށްވުރެ ގިނަ މީހުންނަށް އޭނާ ފައިސާގެ އެހީ އާއި އެނޫންގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް