ބޮލީވުޑް ބަތޮލާ، ތާޕްސީ ޕަންނޫ ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިންމާލާފައި ދިޔަގޮތަށް ފިލްމެއްގެ ޝޫޓިން ފަށައިފިއެވެ.
ފަށާފައިވަނީ ޗުއްޓީގެ ކުރިންވެސް ޝޫޓް ކޮންމެވެސް ވަރަކަށް ކޮށްފައިވާ ފިލްމު "ހަސީނާ ދިލްރުބާ" ގެ ޝޫޓިންއެވެ. ޝޫޓިން ފަށާފައިވަނީ ކޮވިޑު ޓެސްޓެއް ހެދުމަށްފަހު ޓެސްޓުގެ ނަތީޖާ ނެގަޓިވް ވުމުންނެވެ.
މި ފިލްމުގައި ތާޕްސީ ފެނިގެންދާ ކެރެކްޓަރ ދައްކުވައިދޭ ފޮޓޯއެއް އިއްޔެ އޭނާ ވަނީ އިންސްޓަގްރާމަށް ދޫކޮށްލާފައެވެ.
https://www.instagram.com/p/CGe127YJ04l/
ތާޕްސީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔައީ އޭނާގެ އަންހެން ދެ ކޮއްކޮއާއި ލޯބިވެރިޔާ މަތިއަސް ބޮއެއާއިއެކުގައެވެ.
ހަސީނާ ދިލްރުބާ މި ފިލްމަކީ ހިންގީ "މިސްޓެރީ ތްރިލާ" ކެޓަރީ ފިލްމެކެވެ. ވިނިލް މެތިއު ޑައިރެކްޓްކޮށް އަނަންދު އެލް ރާއި އަދި ހމާންސޫ ޝަރްމާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ތަރިންނަކީ ތާޕްސީގެ އިތުރުން ވިކްރާންތު މާސޭ އާއި ހަޝްވަރުދަން ރާނޭއެވެ.
https://www.youtube.com/watch?v=iRmwsHO71Nw
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް