ޖަމިއްޔަތުއް ސަލަފުގެ ފަރާތުން މަޖައްލާއެއް ނެރެފިއެވެ.
ދާރިސްގެ ނަމުގައި ރޭގައި ނެރުނު މި މަޖައްލާއަކީ އެ ޖަމިއްޔާއާއި މީޑިޔާ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުނެއްކަމަށްވާ ”ސަމީކު ޕުރައިވެޓް ލިމިޓެޑާ “ ގުޅިގެން ކޮންމެ ދެމަހަކުން އެއްމަހު ނެރޭނެ މަޖައްލާއެއް ކަމުގައި ސަލަފުން ބުނެއެވެ.
މި މަޖައްލާގެ މުޙައްރިރު އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމު ވިދާޅުވެފައިވަނީ މިއީ ހޭލުންތެރި އަދި ކިޔުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ނެރޭ މަޖައްލާއެއް ކަމަށާއި މި މަޖައްލާގައި ދިވެހި ރާއްޖޭގައި މިވަގުތު ތިބި އެންމެ އިތުބާރު ހިފޭ ޢިލްމުވެރިންގެ ލިޔުންތައްވެސް ހިމެނޭނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ލިޔުންތަކާއި ޅެންވެސް ހިމެނޭނެކަމަށެވެ.
”ދާރިސް“ ގެ ނަމުގައި ނެރޭ މި މަޖައްލާއަކީ ޝަރުޢީ އަދަބީ އިޖްތިމާޢީ އަދި ސިޔާސީ ދާއިރާތަކާ ގުޅޭ ތަފާތު މަޒުމޫނުތައް ހިމަނައިގެން ނެރޭ ޢިލްމީ މަޖައްލާއެއް ކަމުގައި ސަލަފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް