އައްޑޫ މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ސީރިއަސް އަނިޔާތެއް ލިބިފައިވޭ: ފުލުހުން

ރޭ އައްޑޫގައި ހިންގި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ، ހިތަދޫގައި ދެ ގްރޫ...

19 Oct 2020 | 00:51

ރޭ އައްޑޫގައި ހިންގި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ، ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ މައްސަލައެއް ރޭ 12:28 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

"އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. ސީރިއަސް އަނިޔާތަކެއް ލިބިފަވޭ" ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހަމަލާގައި ޒަހަމްވެފައިވަނީ ޒުވާނެކެވެ. އެ ޒުވާނާއަށް ހަމަލާދީފައިވަނީ ކަތިވަޅިން ކަމަށް މައުލޫމާތު ލިބެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަގޮތުގައި ބުރަކައްޓާއި އުނަގަނޑާއި އަރިކަށީގައި ފުންކޮށް ޒަހަމްތައް ހުއްޓެވެ. މޫނުމަތި ލެއިން ތަތްތެޅިފައިވާއިރު ވައަތުގެ ބޮޑުމައި އިނގިއްޔާއި ޝަހާދަތް އިނގިލި ވަނީ މި ހަމަލާގައި ބުރިކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް