މާމިގިލީ އިބޫއަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ކުރީގެ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ، އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ތޫނު އެއ...

19 Oct 2020 | 00:33

ކުރީގެ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ، އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމަކާއެކު އޭޑީކޭއަށް މީހަކު ފަރުވާހޯދަން އައިސްފައިވާކަމަށް އޭޑީކޭއިން ފުލުހުންނަށް ރޭ، 10:51ގައި ރިޕޯޓްކޮށްފައިވާކަމަށެވެ. އެ ރިޕޯޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައު މާމިގިލީ އިބޫއަށް ރޭގެ ވަގުތެއްގައި ހަމަލާދީފައިވަނީ އޭނާ ދިރިއުޅޭ ގެއަށް ވަންނަން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް