ޤާނޫނު މުގުރާފައި ކަންކުރަން އެއްވެސް ބަޔަކަށް ފުރުޞަތު ނުދެވޭނެ: ރައީސް މުޢިއްޒު

ޤާނޫނު މުގުރާފައި، ޤާނޫނާ ޚިލާފަށް ކަންކުރަން، މި ޤައުމުގައި އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ،...

19 Sep 2025 | 18:44
ރައީސުލްޖުމްހޫރިއްޔާ ވ. ފެލިދޫގައި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވ. ފެލިދޫގައި - ފޮޓޯ: ރައީސް އޮފީސް

ޤާނޫނު މުގުރާފައި، ޤާނޫނާ ޚިލާފަށް ކަންކުރަން، މި

ޤައުމުގައި އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.

މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން

ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވ. ފެލިދޫ ރައްޔިތުންނާ

ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ

ޤާނޫނު ނެގެހެއްޓެވުމަށްކަން ފާހަގަކުރައްވައި، ޤާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ

ރައްޔިތުން ހަމަހަމަވާނޭކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. މާތްﷲ ގަންދެއްވާ

އެމަނިކުފާނު ހުވާ ކުރައްވާފައިވަނީ އިސްލާމީ ހަމަތަކާއި އެއްގޮތަށް ދައުލަތް ހިންގެވުމަށްކަމަށާއި،

އެގޮތުގައި އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކުގައި ކަމަށާއި، އެންމެ

ފިޔަވަޅެއްވެސް ފަހަތަށް ނާޅުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން

ދިވެހީން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތައް ހިފަހައްޓަންޖެހޭކަންވެސް އެމަނިކުފާނު

ހަނދުމަފުޅުކޮށްދެއްވިއެވެ. ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ، ކޮންމެ ރައްޔިތެއްގެވެސް

ސިކުނޑި ތަރައްޤީކޮށް، އެމީހަކަށް ޙައްޤު އިޙުތިރާމާއި ޢިއްޒަތް އަނެކާއަށްވެސް ޙައްޤުވާނޭކަން

ބަލައިގަނެ، އެގޮތަށް ޢަމަލުތައް ބެހެއްޓުމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބަލާލުމެއް ނެތި، އަނެކާއާ ދޭތެރޭ ދޮގު ވާހަކަދެއްކުމަކީ، މުސްލިމުންނަށް ވީތީވެސް،

އަދި އިންސާނުންނަށް ވީތީވެސް، އަޅުގަނޑުމެން ދުރުހެލިވާންޖެހޭ ކަމެއްކަން އެމަނިކުފާނު

ފާހަގަކުރެއްވިއެވެ.

ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް

ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް،

އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމުގައި އެމަނިކުފާނު މިރޭ ތަކުރާރުކޮށް ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުންވެސް އަންގަނީ، ސާބިތުނުކުރެވޭ

ވާހަކަ ނުދެއްކުމަށްކަމަށާއި، ސާބިތުނުކުރެވޭ ވާހަކައެއްނަމަ، އެއީ ސާބިތުނުކުރެވޭ

ވާހަކައެއްކަން ހާމަކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ޤާނޫނާ ބެހޭގޮތުން

ގޮތްނިންމުމުގައިވެސް، މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ

ބުއްދިން ވިސްނައިގެން ގޮތްނިންމުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ދިވެހި ރައްޔިތުން ބޭނުންވަނީ، އިޙްތިރާމާއި ކުލުނާއި

ލޯބި އެކުލެވިގެންވާނޭ ގޮތުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދިއުން ކަމަށާއި،

ޤައުމުގައި ހަމަނުޖެހުން އިއާދަވާން ބޭނުންނުވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް