ވ އަތޮޅުގައި އައިޑީ ކާޑުގެ ޚިދުމަތް ފެށުން -
ވ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް
ފަށައިފިއެވެ.
ވ. އަތޮޅު ކައުންސިލުގައި މި ޚިދުމަތް
ފައްޓަވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.
ވ. އަތޮޅުގައި މި ޚިދުމަތް މިރޭ ފެށުމާއެކު
ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ
ވެ ލެއްވި ވަޢުދު ފުރިހަމަވީއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު،
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ
ސަރުކާރު ނިމިގެންދިޔައިރު އައިޑީ ކާޑު ހަދައިނުދީވެސް 3،348 މީހުންގެ ބެކްލޮގެއް
އޮތްކަމަށެވެ.
މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިއަށް
ކޮންމެ އަތޮޅެއްގައި ޚިދުމަތް ފެށިގެންދާނެކަމުގެ ވަޢުދު އެ ޖަލްސާގައި ރައީސް
ވެލެއްވިއެވެ. މިއަދު ވ އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރައީސްގެ އެ ވަޢުދު
މިވަނީ ފުރިހަމަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް