ވ. ފުލިދޫގައި ގާއިމުކުރި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް
އޭޓީއެމް" މަޝްރޫއުގެ ދަށުން ވ. ފުލިދޫއާއި ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު ދެރަށުގައި
ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި
ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ
ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު
ޝަރީފް ވިދާޅުވީ، މިއަދު ތައާރަފުކުރި ދެ އޭޓީއެމްއާއެކު މިހާރު ވ. އަތޮޅުގެ ފުލިދޫ،
ތިނަދޫ، ކެޔޮދޫގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ލިބެން ހުންނާނެ ކަމަށާއި އަދި
ފެލިދޫގައި ގާއިމުކޮށްފައިވާ ބްރާންޗުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެކަމަށެވެ.

މާދަމާ ވ. ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު އަޅުގަނޑުމެން ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އަތޮޅުގެ ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ
ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި
42 ބްރާންޗް، 165 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 224 އޭޓީއެމްގެ އިތުރުން އެންމެ
ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު
ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން
ފޯރުކޮށްދިނުންކަމުގައި އެ ބޭންކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް