ރެއާލް މެޑްރިޑަށް ކުޅެމުން އައި ވޭލްސްގެ ތަރި ގެރެތު ބޭލް އޭނާގެ ކުރީގެ ކުލަބު ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވެއްޖެއެވެ.
2007 ވަނަ އަހަރުން ފެށިގެން ހަ ސީޒަނެއް ޓޮޓެންހަމްއާއި އެކު ހޭދަކުރުމަށް ފަހު 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ދެވަނަ ފަހަރަށް ޓޮޓެންހަމާ ގުޅުނުއިރު، އޭނާ މިފަހަރު ޓޮޓެންހަމްއާއި ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މިފަހަރުގެ ސީޒަނުގެ ނިޔަލަށެވެ.
2013 ވަނަ އަހަރު ޓޮޓެންހަމް ދޫކޮށް ރެއާލް މެޑްރިޑަ އަށް ބަދަލުވެ އެޓީމުގައި ބޭލްވަނީ 6 ސީޒަނެއް ހޭދަކޮށްފައެވެ. އެގޮތުން އެޓީމުގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޖުމްލަ 12 ތަށި ރެއާލް އާއި އެކު ބޭލް ހޯދިއިރު، އޭގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރުފަހަރު ހޯދާފައިވެއެވެ. އަދި ކުލަބު ވޯލްޑްކަޕް ތަށި ތިން ފަހަރު ހޯދުމުގެ އިތުރުން ސްޕެނިޝް ލީގު ދެފަހަރެއްގެ މަތިން ހޯދާފައިވެއެވެ.
މިހާރު އުމުރުން 31 އަހަރުގެ ބޭލް ރެއާލްގައި ހޭދަކުރި އަހަރުތަކުގައި އޭނާ ވަނީ ރެއާލަށް 251 މެޗު ކުޅެދީ 105 ލަނޑު ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް