އިތުރު 81 މީހަކު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 81 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދުން ޕޮސިޓިވްވެފައިވަނީ މާލެއިން 70 މީހުންނެވެ. އަދި އަދި އަތޮޅު ތެރެއިން 11 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 23 ދި...

19 Sep 2020 | 17:16

ރާއްޖެއިން އިތުރު 81 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދުން ޕޮސިޓިވްވެފައިވަނީ މާލެއިން 70 މީހުންނެވެ. އަދި އަދި އަތޮޅު ތެރެއިން 11 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 23 ދިވެހިންނެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،422 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 111 މީހުންނަށެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 8،188 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

އެޗްޕީއޭއިން ބުނީ އަތޮޅު ތެރޭގައި ޕޮސިޓިވް މީހުން ތިބީ 22 ރަށެއްގައިގައި ކަމަށެވެ. އަދި 25 ރިސޯޓެއްގައި ޕޮސިޓިވް 15 ޓޫރިސްޓުންނާއި 39 މުވައްޒަފުން އެބަތިބި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 9،649 މީހުންނެވެ. އޭގެ ތެރެއިން 33 މީހުން ވަނީ މަރުވެފައި އެވެ.

https://twitter.com/HPA_MV/status/1307366449904746497

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް