އޯޝަން ހަންޓަރ މަސްފެކްޓްރީން ހިންމަފުށީގައި އައިސް ޕްލާންޓެއް ހުޅުވައިފި އެވެ.
އެ ކުންފުނިން ބުނީ މިއަދު ހުޅުވާފައިވަނީ 50 ޓަނުގެ އައިސްޕްލާންޓެއް ކަމަށެވެ. އަދި މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ތަނުގެ ސްޓޯރޭޖް ކެޕޭސިޓީއަކީ 150 ޓަނު ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ އައިސް ޕްލާންޓަކާއި އެއްކޮށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި ނޮން އީޔޫ ގައުމުތަކަށް ބޭރު ކުރެވޭ ގޮތަށް މަސް ފެކްޓްރީ ނިމިފައިވާ ކަމަށާއި އެތަން މި މަހުގެ 30 ވަނަ ދުވަހަށް އެތަން އީޔޫ ނަންބަރާ އެކު ހުޅުވޭނެ ކަމަށް ލަފާ ކުރާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
"އެކްސްޕޯޓް ކުރުމަށް ނިންމާފައި ވަނީ 50 ޓަނުގެ ލޮނު އައިސް ޕްލާންޓަކާއި ދުވާލެއްގެ މައްޗަށް 30 ޓަނުގެ ޕްރެސް މަސް ޕްރޮސެސް ކުރެވޭ ޕްލާންޓަކާއި އެއްކޮށް" އޯޝަން ހަންޓަރ އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް