ޒިޔާދާ މަރާލިކަމަށް ބުނާ ޝާހުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުމެއް މާދަމާ ބާއްވަނީ

ގދ. ތިނަދޫ، ޒިޔާދާ ނައީމް ރޭޕް ކުރި ކަމަށް ބުނާ އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިޢުނާފުގެ އަޑުއެހުމެއް ހައިކޯޓުގައި މާދަމާ 13:30 އަށް ތާވަލް ކޮށްފި އެވެ. އިބްރާހިމް ޝާހުއަކީ ޖިން...

19 Sep 2020 | 12:14

ގދ. ތިނަދޫ، ޒިޔާދާ ނައީމް ރޭޕް ކުރި ކަމަށް ބުނާ އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިޢުނާފުގެ އަޑުއެހުމެއް ހައިކޯޓުގައި މާދަމާ 13:30 އަށް ތާވަލް ކޮށްފި އެވެ.

އިބްރާހިމް ޝާހުއަކީ ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ، މަރުވި ޒިޔާދާގެ ފިރިމީހާ އެވެ.

މި މައްސަލައިގާ ޝާހުގެ މައްޗަށް ދައުލަތުން ވަނީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވެދިއުމުގެ އިހުމާލު ޢަމަލެއް ކުރުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައެވެ.

އެ ދައުވާތައް އިބްރާހިމް ޝާހުގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވީ ނަމަވެސް، އެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ މިދިޔަ އަހަރުގެ އޭޕްރިލް 14 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ އެމައްސަލަ އިސްތިޢުނާފަށް ހުށަހަޅާފައެވެ.

ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ، ޝާހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އުންސުރުތައް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރާ، އެކަށީގެންވާ، ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭނެ ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހެޅުނު ކަމަށާއި، އެ ހެއްކާއި ގަރީނާތަކަށް އެކަށީގެންވާ ބުރަދަން ޝަރީއަތުން ދެއްވާފައި ވާކަމަށް ގަބޫލު ނުކުރާކަމަށް ބުނެ އެވެ.

އެ މައްސަލައިގެ އިސްތިއުނާފު ދެ އަޑުއެހުމެއް ހައިކޯޓުގައި މީގެ ކުރިންވެސް ވަނީ ބާއްވައިފަ އެވެ. އެކަމަކު މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ ޝަރީއަތް ވަނީ ސިއްރުކޮށްފަ އެވެ. އެއީ ދައުލަތުން އެދިގެން ނެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، 2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވެފައިވަނީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް