އީވާން ނަސީމުގެ މަރާ ގުޅިގެން ރައީސް ނަޝީދުގެ ބަހުގެ ހަމަލާއެއް ރައީސް މައުމޫނަށް!

އީވާން ނަސީމުގެ މަރާ ގުޅިގެން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަަދު ނަޝީދުގެ ބަހުގެ ހަމަލާއެއް ރައީސް މައުމޫނަށްދެއްވައިފިއެވެ. ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި...

19 Sep 2020 | 09:31

އީވާން ނަސީމުގެ މަރާ ގުޅިގެން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަަދު ނަޝީދުގެ ބަހުގެ ހަމަލާއެއް ރައީސް މައުމޫނަށްދެއްވައިފިއެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށެވެ. އަދި އަނިޔާއާ ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލުކުރުމަށް ނިކުތީ ވެސް އެ ސަބަބާއި ހުރެ ކަމަށެވެ.

ޖަލުގައި އީވާން ނަސީމު ގައިގާ ތަޅާ، މަރާލި ދުވަސް ކަމަށާއި މާތްﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރެއްވުމަށްވެސް ރައީސް ނަޝީދުގެ ޓްވީޓުގައިވެއެވެ.

https://twitter.com/MohamedNasheed/status/1307227962995929088

ރައީސް މައުމޫންގެ ސަރުކާރުން އީވާން ނަސީމް މަރާލި މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ފަހު އެ މައްސަލާގައި 12 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން 8 މީހެއްގެ މައްޗަށް މަރުގެ ހުކުމް ވެސް ވަނީ އިއްވާފައެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ހާދިސާއާ ގުޅިގެން މަރުގެ ހުކުމް އިއްވި ފަހުން ރާއްޖޭގައި ބަޔަކު މެރުމަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.

ނަމަވެސް އީވާންގެ މަރާއި ގުޅިގެން ހުކުމް އިއްވި އެއްވެސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް