އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރުތު ބޭޑާ ގިންސްބާގު އަވަހާރަ ވެއްޖެ އެވެ.
އެކަމަނާ އަވަހާރަ ވިއިރު އުމުރުފުޅަކީ87 އަހަރެވެ. އެމެރިކާގެ ތާރީހުގައި ސުޕްރީމް ކޯޓަށް ދެ ވަނައަށް އައްޔަން ކުރެވުނު އަންހެނަކީ ރުތު ބޭޑާ އެވެ.
ރުތު ބޭޑާ އަވަހާރަވީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު އެވެ. އެކަމަނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނީ އުމުރުފުޅުން60 އަހަރުގައި އެވެ.
އޭނާއަކީ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައި ބިލް ކްލިންޓަނަށް އައްޔަންކުރެއްވި، ލިބަރަލް ވިސްނެވުމުގެ ފަނޑިޔާރެކެވެ. އެކަމަނާ ސުޕްރީމްް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވައި އަންހެނުންގެ ހައްގުތަކަށާއި ޖިންސީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތް ކުރެއްވި އެވެ.
ރުތު ބޭޑާ އަވަހާރަވުމާއި އެކު އެ މަގާމުގެ ވާދަވެރިކަން އެމެރިކާގެ ސިޔާސީ މައިދާނުގައި ވަނީ ވަރަށް ބޮޑަށް ގަދަވެފައި އެވެ. އެމެރިކާގެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރަނީ ރައީސްގެ ފަރާތުން ނަން ފޮނުވައިގެން، ސެނެޓުންނެވެ. ސެނެޓުގެ އަގުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް