ގައްދޫއިން ބިދޭސީ އަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ގދ. ގައްދޫއިން ކޯވިޑް-19 އަށް މީހަކު ޕޮސިޓިވް ވެއްޖެ އެވެ. ގައްދޫ ކައުންސިލުން މީޑިއާގައި ބުނީ އެ ރަށުން ޕޮސިޓިވްވީ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއެއް ކަމަށެވެ. އެމީހާ އަކީ އެ ރަށުގައި މަސައްކަތެއް ކ...

19 Sep 2020 | 06:05

ގދ. ގައްދޫއިން ކޯވިޑް-19 އަށް މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

ގައްދޫ ކައުންސިލުން މީޑިއާގައި ބުނީ އެ ރަށުން ޕޮސިޓިވްވީ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއެއް ކަމަށެވެ. އެމީހާ އަކީ އެ ރަށުގައި މަސައްކަތެއް ކުރުމަށް ދިޔަ މީހެކެވެ.

އެ މީހާ ޕޮސިޓިވްވުމާއި ގުޅިގެން ރަށުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅަން ފަށާފައި އެވެ. އެޗްޕީއޭއިން ކުރިން ބުނެފައިވަނީ ހޯމް ކަރަންޓީންގައި ހުންނަ މީހަކު ކަރަންޓިންގެ މުއްދަތު ފުރިހަމަ ކުރާ ފަހުން ޕޮސިޓިވްކަން އެނގުނަސް ގަވައިދާ އެއްގޮތަށް ކަރަންޓީންގައި ހުރެއްޖެ ނަމަ ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

މާލެއާއި ގައްދޫގެ އިތުރުން މީހުން ދިރިއުޅޭ 21 ރަށެއްގައ ި48 މީހުންނަށް ކޯވިޑް ޖެހިގެން ފަރުވާ ދެމުން އެބަދެ އެވެ. އޭގެ ތެރެއިން ހަތަރު ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި ތިބި ޕޮސިޓިވް މީހުންނަކީ ހޯމް ކަރަންޓީން ނިމުމުން ޓެސްޓު ކުރި އިރު ޕޮސިޓިވްކަން އެނގުނު މީހުންނެވެ

މާލެ ފިޔަވައި އެންމެ ގިނަ ޕޮސިޓިވްވ މީހުން ތިބީ ގދ. ހޯނޑެއްދޫގައި އެވެ. ހޯނޑެއްދޫއިން 44 މީހުން މިހާތަނަށް ޕޮސޓިވްވެފައިވާއިރު އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 9،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 8،000 އަށްވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު 33 މީހުން ވަނީ މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް