އިންޑީއާގައި 60 ޕަސެންޓު ކުދިން ސްކޫލަށް ދަނީ ހިނގާފައި

އިންޑިއާގައި 60 ޕަސެންޓު ކުދިން ސްކޫލަށް ދަނީ ފައިމަގުގައި ހިނގާފައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. އިންޑިއާގެ ތައުލީމާއި ގުޅޭގޮތުން އެ ގައުމުގެ ނެޝަނަލް ސްޓެޓިސްޓިކް އޯގަނައިޒޭޝަން އިން ހެދި ދި...

19 Sep 2020 | 03:19

އިންޑިއާގައި 60 ޕަސެންޓު ކުދިން ސްކޫލަށް ދަނީ ފައިމަގުގައި ހިނގާފައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިންޑިއާގެ ތައުލީމާއި ގުޅޭގޮތުން އެ ގައުމުގެ ނެޝަނަލް ސްޓެޓިސްޓިކް އޯގަނައިޒޭޝަން އިން ހެދި ދިރާސާއަކަށް ފަހު ބުނެފައިވަނީ ތަރައްގީވެފައިވާ ސިޓީތަކާއި ފަގީރު އަވަށްތަކަށް ވަކިން ބަލާއިރު ފައިމަގުގައި ހިނގާފައި ސްކޫލަށް ދާ ކުދިންގެ އަދަދު މާބޮޑަށް ތަފާތު ނޫން ކަމަށެވެ. ފިރިހެން ކުދިންނާއި އަންހެން ކުދިންނާއި އަޅާކިޔާއިރު އެންމެ ގިނައިން ފައިމަގުގަ ހިނގާފައި ސްކޫލަށް ދަނީ އަންހެން ކުދިންނެވެ.

އެ ދިރާސާގައި ބުނެފައިވަނީ ތަރައްގީ ސިޓީތަކުގައި 57 ޕަސެންޓު އަންހެން ކުދިން ކުދިން ސްކޫލަށް ދަނީ ހިނގާފައިވާ ކަމަށާއި ފަގީރު އަވަށް ތަކުގައި އެ އަދު އުޅެނީ 66 ޕަސެންޓުގައި ކަމަށެވެ.

ސްކޫލަށް ދިއުމަށް އެއްގަމު އުޅަނދު ފަހަރު ބޭނުން ކުރާ ކުދިންގެ ތެރެއިން އެންމެ ގިނަ ކުދިން ސްކޫލަށް ދަނީ ބަހުގައި އެވެ. ތަރައްގީވެފައިވާ ސިޓީތަކުގައި ބަހުގައި ނުވަތަ ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކޮށްގެން ސްކޫލަށް ދާ ކުދިންގެ ޕަސެންޓޭޖު އުޅެނީ 15.3 ގައި އެވެ. ފަގީރު އަވަށްތަކުގައި 11.3 ޕަސެންޓު ކުދިން ބަސް ބޭނުން ކުރެ އެވެ.

މި ދިރާސާއަކީ ދަރިވަރުންނަށް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ހަމަހަމަކަމާއި ދެވޭތޯ ބެލުމަށް ހެދި ދިރާސާ އެކެވެ. މި ދިސާރާގެ ނަތީޖާއަށް ބަލާއިރު ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކޮށްގެން ސްކޫލްތަކަށް ދަނީ 48 ޕަސެންޓު ކުދިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް