މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވަޑް ސާޖިއޯ އަގުއޭރޯ އަށް ކުރިޔަށް އޮތް 2 މަހުވެސް ނުކުޅެވިދާނެ ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އަގުއޭރޯއަށް އަނިޔާވީ މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހު ބާންލީ އާއި ބައްދަލުކުރި މެޗުގައި އޭނާގެ ކަކުލަށެވެ.
އެގޮތުން އަގުއޭރޯއަށް ލިބުނު މި އަނިޔާގެ ސަބަބުން މިހާތަނަށް އޭނާއަށް 12 މެޗެއް ގެއްލިފައިވާއިރު، އަންނަ ނޮވެމްބަރ މަހުގެ ކުރިން އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަތުވެވިދާނެ ކަމަށް ނުބެލެވެއެވެ.
އެގޮތުން މިހާރު އުމުރުން32 އަހަރުގެ އަގުއޭރޯ އަށް އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އާދެވެން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ގާޑިއޯލާ ވެސް ވަނީ ބުނެފައެވެ. އެގޮތުން ކުރިޔަށް އޮތް ދެމަސްދުވަހުތެރޭގައި ވެސް އަގުއޭރޯ ފިޓްވެދާނެ ކަމަށް ނުބެލެވޭކަމަށް ވެސް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ބުނެފައެވެ.
2011 ވަނަ އަހަރު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން މެންޗެސްޓާރ ސިޓީއަށް ބަދަލުވި ފޯވާޑް އަގުއޭރޯ ވަނީ އޭނާ ސިޓީއަށް މިހާތަނަށް ކުޅެދިން 263 މެޗުގައި 180 އަށްވުރެ ގިނަ ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއި އެކު އިނގިރޭސި ޕްރިމިއާ ލީގު 4 ފަހަރެއްގެ މަތިން ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް