އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް

މިހާރު ކުރިއަށްދާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ އަތޮޅު ޗެމްޕިއަންކަން ދުވާފަރު ހޯދައިފިއެވެ. މިއަދު ހަވީރު އިނގުރައިދޫގައި ކުޅުނު ފައިނަލްމެޗް އިނގުރައިދޫ ޓީމް ބަލިކޮށް ދުވާފަރު މެޗް ކާމިޔާބުކު...

19 Aug 2026 | 17:14
ދުވާފަރާއި އިނގުރައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން -- ދުވަސް ފޮޓޯ

ދުވާފަރާއި އިނގުރައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން -- ދުވަސް ފޮޓޯ

މިހާރު ކުރިއަށްދާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ އަތޮޅު ޗެމްޕިއަންކަން ދުވާފަރު ހޯދައިފިއެވެ.

މިއަދު ހަވީރު އިނގުރައިދޫގައި ކުޅުނު ފައިނަލްމެޗް އިނގުރައިދޫ ޓީމް ބަލިކޮށް ދުވާފަރު މެޗް ކާމިޔާބުކުރީ 3-1 އިންނެވެ.

މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރި ހޯދީވެސް ދުވާފަރު ޓީމުންނެވެ.

ދުވާފަރުން ލީޑް ނަގާފައިވަނިކޮށް އިނގުރައިދޫ ޓީމުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗްގައި ދުވާފަރުން ޖެހި އަނެއް ދެ ލަނޑު ޖަހާފައިވަނީ ފަހު ހާފްގައެވެ. މެޗްގައި އިނގުރައިދޫ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ.

މިމެޗްގައި ދެޓީމްގެ ފަރާތުން ވަރަށް ރީތި ކުޅުމެއް ފެނިގެންދިޔައިރު، ސަޕޯޓަރުންގެ ފަރާތުންވެސް ފެނިގެންދިޔައީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްދިން މަންޒަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް