ކޯވިޑުގެ ނުރައްކާ ރައްޔިތުންނަށް ބުނެދިނުމަށް، އިންޑޮނޭޝިޔާގެ މަގުތަކުގައި ހުސް ސަންދޯއްތަކެއް !

ކޯވިޑް-19 ގެ ނުރައްކާތެރިކަން ރައްޔިތުންނަށް ބުނެދިނުމަށްޓަކައި އިންޑޮނޭޝިޔާގެ ކާރުބާރުބޮޑު ސަރަހައްދުތަކުގައި ހުސް ސަންދޯއްތަކެއް ހަރުކޮށްފިއެވެ. މިކަން ކޮށްފައިވަނީ ސީދާ އެ ގައުމުގެ ސަރުކާރުންނެވެ. ...

19 Aug 2020 | 12:19

ކޯވިޑް-19 ގެ ނުރައްކާތެރިކަން ރައްޔިތުންނަށް ބުނެދިނުމަށްޓަކައި އިންޑޮނޭޝިޔާގެ ކާރުބާރުބޮޑު ސަރަހައްދުތަކުގައި ހުސް ސަންދޯއްތަކެއް ހަރުކޮށްފިއެވެ. މިކަން ކޮށްފައިވަނީ ސީދާ އެ ގައުމުގެ ސަރުކާރުންނެވެ.

އެ ސަންދޯއްތަކުގައި "ކޯވިޑްގައި މަރުވި މީހެއް" މި މޭރުމުން ލިޔެފައިވާއިރު ކޯވިޑްގެ ނުރައްކާތެރިކަން އެ ސަންދޯއްތަކުގައި ލިޔެފައި ހުރެއެވެ.

276 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި މިހާތަނަށް 143،000 މީހަކަށް ކޯވިޑު ޖެހިފައިވެއެވެ. 6،200 މީހަކު ކޯވިޑުގައި އެ ގައުމުން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް