މާލެ ސަރަހައްދުގެ ސްކޫލުތައް ކުރިއަށް އޮތް ދެ ހަފްތާގައިވެސް ނުހުޅުވަން ނިންމައިފިއެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތަށް ރިއާޔަތްކކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން މާލެ ސިޓީގެ ސްކޫލުތަކުގައި ކުރިއަށް އޮތް ދެ ހަފްތާ (23 އޯގަސްޓުން 3 ސެޕްޓެމްބަރު އަށް) ކިޔަވައިދިނުން އޮންލައިކޮށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައި ކަމަށެވެ.
އިތުރަށް ބުނެފައިވަނީ މި ނިންމުން ދެ ހަފްތާ ފަހުން މުރާޖައާ ކުރެވޭނެ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ކުރިން އިއުލާނުކުރި ފުރަބަންދު އުވާލުމާއެކު މާލެ ސަރަހައްދުގެ ސްކޫލުތައް މަތީ ގްރޭޑްތަކަށް ހުޅުވިއެވެ. ނަމަވެސް މީގެ ދެ ހަފްތާ ކުރިން އަނެއްކާވެސް ބަންދުކުރިއެވެ. މިހާރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް