ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 19.25 އަށް އަރާފައިވާއިރު މިއީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަންވީ ވަގުތު ކަމުގައި ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.
ލޮޓަސްގެ ވެރިޔާ، އާއްޓޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އާއްޓޭ ވިދާޅުވެފައިވަނީ ކޯވިޑްގެ ކުރިން 100 ޑޮލަރު 1580 ރުފިޔާއަށް ލިބޭ ކަމަށެވެ. މިއަދު 100 ޑޮލަރު ލިބެނީ 1925 އަށް ކަމަށެވެ.
"100 ޑޮލަރަކުން 345 ރުފިޔާ، މީ ކޮންމެ ޑޮލަރެއްގެ ފަހަތުގަ ފުލުހެއް ބަހައްޓަންވީ ވަގުތު" އާއްޓެ ވިދާޅުވެފައިވެއެވެ.
https://twitter.com/Arttey/status/1296043193721487360
ޑޮލަރު އަގުބޮޑުވުމުގެ ކަންބޮޑުވުން ވިޔަފާރިވެރިން އަންނަނީ ކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ އިންފްލޭޝަން މަތިވެ، ތަކެތީގެ އަގުތައްވެސް އަންނަނީ ބޮޑުވަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޑޮލަރު ލިބުމުގައި ދަތިކަމެއް ނޫޅޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް