މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ހުށަހަޅައިފި އެވެ.
އިއްޔެ އޮތް މާލޭ ސިޓީ ކައުންސިލް މެމްބަރުންގެ ބައްދަލުވުމުގައި ޝިފާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ ކުރިޔަށް ގެންދަން ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ. އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަލަ ކުރިޔަށް ގެންދަން ނިންމައި ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ޝިފާއަށް ދީފައި އެވެ.
ޝިފާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ހުށަހެޅީ ކައުންސިލް ހިންގުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށް ބުނެ އެވެ. މި މައްސަލަ ހުށަހެޅުއްވި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީން ވަނީ ޝިފާ އިހުމާލުވެފައިިވާ 39 ކަމެއް ފާހަގަކޮށްފައި އެވެ.
މީގެ ކުރިން ވެސް ޝިފާ އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށަހެޅި އެވެ. ފަޒީން ކުރައްވާ ތުހުމަތުތަކުގެ ތެރޭގައި މާރުކޭޓުގެ ގޮޅިތައް ދޫކުރި ގޮތާއި ލޮނުޒިޔާރަތްކޮޅު ޕާކު ހެދުމުގައި ގާނޫނާ ޚިލާފަށް ހަރަދުކޮށްފައި ވުން ހިމެނެ އެވެ.
ޝިފާގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅޭގޮތުން މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް