ވ. ތިނަދޫއިން ކޯވިޑް-19 އަށް ދެމީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ ތިނަދޫއިން ޕޮސިޓިވްވެފައިވަނީ އުމުރުން 36 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އެމީހުން ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމުން ކޯވިޑަށް ޓެސްޓު ކުރުމުންނެވެ.
މިއީ ވ. އަތޮޅުން ކޯވިޑަށް މީހުން ޕޮސިޓިވްވި ދެ ވަނަ ރަށެެވެ. މީގެ ކުރިން އެ އަތޮޅު ކެޔޮދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކަށް ވައިރަަހަށް ޕޮސިޓިވްވެފައިވެ އެވެ.
މިހާތަނަށް 17 ރަށެއްގެ އިތުރުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގެ ދެ ރަށަކުން ކޯވިޑަށް މީހުން ޕޮސިޓިވްވެފައިވެ އެވެ. އެ އެންމެންނަކީވެސް ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.
އެޗްޕީއޭއިން ބުނީ ހޯމް ކަރަންޓީންގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކޮށްފި ނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމުން ކޯވިޑަށް ޕޮސިޓިވް ވިޔަސް އެމީހާގެ ފަރާތުން ރަށޫ ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން 6،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި 24 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް