ބ. ދަރަވަންދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އެ އަތޮޅު އޭދަފުށީ ޕޮލިސް ސްޓޭޝަނުންގެ ފުލުހުން ނައްތާލައިފި އެވެ.
ފުލުހުން ބުނީ އެ ތަކެތި ނައްތާލާފައިވަނީ ދަރަވަންދޫ ކުނިގޮނޑުގައި ކަމަށެވެ. އޭދަފުށީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 350 ބަނގުރާ ފުޅިއާއި 211 ބިޔަރު ދަޅު ނައްތާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނެނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯޓުން އަތުލައިގަތް ތަކެތި ކަމަށެވެ.
އެހުރިހާ ބަނގުރާ އާއި ބިޔަރު ދަޅުތަކަކީ ޓޫރިސްޓުންގެ ގެންދިޔަ އެއްޗެހި ކަމަށް ބުނެ އެވެ.
ބަނގުރާ ނައްތާލުން ދަރަވަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް