އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި ކޮމިޓީން ބައްދަލުކުރަނީ

ކޯވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކާއި ގުޅިގެން ކުރި އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށް ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އަންނަ ހަފްތާގެ ހޯމަ ދުވަހު ބައްދަލުކުރަން ހަމަޖެހިއ...

19 Aug 2020 | 04:47

ކޯވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކާއި ގުޅިގެން ކުރި އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށް ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އަންނަ ހަފްތާގެ ހޯމަ ދުވަހު ބައްދަލުކުރަން ހަމަޖެހިއްޖެއެވެ.

އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން ރިޕޯޓްތައް ދިރާސާކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރަމުން ދާއިރު ކޮމިޓީގެ މުޤައްރިރު ވިދާޅުވީ، މިހާރު ކޮމިޓީން ކުރިއަށްގެންދާ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ބޭފުޅުން އަންނަ ހަފްތާގެ ހޯމަ ދުވަހު ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމިޓީން އިއްޔެ ވަނީ ހެލްތުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހާއި ބައްދަލުކޮށްފައެވެ.

އިއްޔެގެ ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކާ ގުޅޭ މުޢާމަލާތުގައި ފިނޭންސް މިނިސްޓްރީގެ އިހްމާލެއް އޮތްކަމަށް ފާހަގަ ކުރެވިފައިނުވާކަމަށާއި އަދި ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ބަދަލުކުރި ލިޔުންތަކުގައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓްރީން އަންގަވާފައިވާކަމަށެވެ.

އޮޑިޓަރ ޖެނެރަލް އތުރަށް ވިދާޅުވީ، މައްސަލަ ބޮޑުވެފައިވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން އަމިއްލަ މީހެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރަން އުޅުނުކަމަށެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރައްވާފައިވަނީ ދުބާއީގެ ކުންފުންޏަށް ގެރެންޓީއަކާނުލައި އެޑްވާންސް ފައިސާ ދޫކުރި މައްސަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް