ސްޓާ ޕްލަސް އިން ދައްކާ ޑްރާމާ ސިލްސިލާ ކަސައުޓީ ޒިންދަގީ ކީ ގެ އަންހެން ލީޑް ރޯލުން ފެނިގެންދާ އެރިކާ ފެނާންޑޭސް އެ ޝޯ ދޫކޮށްލަން އުޅޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
މީގެ ދެ ތިން ދުވަސް ކުރިން މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސިލްސިލާގައި ލިޑް ރޯލް ކުޅޭ ދެ ތަރިން ކަމަށްވާ އެރިކާ އާއި ޕާތް ސަމްތާން ޝޯ ދޫކޮށްލަން ވަނީ ނިންމާފައި އެވެ. އަދި ޕާތް ވަނީ ޕްރޮޑަކްޝަން ޓީމަށް ވަކިވާން ނިންމާފައިވާކަން އެންގުމުގެ ގޮތުން ނޯޓިސް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން އެރިކާ މީޑިއާގައި ބުނެފައިވަނީ އޭނާ ޝޯއިން ވަކިވާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އަދި އެ ސިލްސިލާ ކުޅެމުންދަނީ ވަރަށް ޝައުގުވެރިކަމަމާއި އެކު ކަމަށާއި ކަސައުޓީގައި އޭނާ ކުޅެމުންދާ ރޯލާއި މެދު ހިތްހަމަ ނުޖެހުމެއް ނެތް ކަމަށެވެ.
ކަސައުޓީން އެރިކާ އާއި ޕާތް ވަކިވާ ވާހަކަ އަކީ ދޭތެރެ ދޭތެރެއިން ފެތުރޭ އަޑެކެވެ. އެކަމަކު މިހާތަނަށް އެކަން ހަގީގަތަކަށްވެފައި ނުވިނަމަވެސް މިފަހަރު ޕާތް އެ ޝޯއިން ވަކިވާން ނިންމާފައިވާ ކަމަށް ބުނެ ދެެވެމުންދާ ވާހަކައަކީ ހަގީގަތަކަށް ވާނެ ކަމަށް ބެލެވެ އެވެ.
އަންނަަ މަހުގެ 10 އަދި 11 ވަނަ ދުވަހަކީ އެންމެ ފަހުން ޕާތް އެ ސިލްސިލާގެ ޝޫޓިންތަކުގައި ބައިވެރިވާނެ ދުވަސް ކަމަށް ވަނީ ޕްރޮޑަކްޝަން ޓީމަށް އަންގާފައި އެވެ.
ކަސައުޓީ ޒިންދަގީ ކީގެ ދެވަނަ ސީކުއެލް 2018 ގައި ފަށައިގެން ދެ އަހަރު ވީއިރުވެސް 2001-2008 އަށް ދެއްކި ކަސައުޓީ ޒިންދަކީ ކީ އަށް ލިބުނު ވަރުގެ ތަރުހީބެއް ލިބެމުންނެތް ނުދެ އެވެ. ޝޯއަށް ލިބޭ ފިނި ތަރުހީބުން ދޭތެރެ ދޭތެރެއިން މިހާރުގެ ކަސައުޓީގެ ތަރިން ބަދަލުވަމުންދެ އެވެ.
އެގޮތުން އެ ސިލްސިލާގައި އެންމެ ވަރުގަދަ ރޯލުތައް ކަމަށްވާ ކޮމޯލިކާ އަދި މިސްޓާ ބަޖާޖްގެ ރޯލު ކުޅެމުންދާ ތަރިން ވަނީ ބަދަލުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް