ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި، ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ކ. މާފުށި ކައިރިންނެވެ. އެ ސަރަހައްދުގައި ކޯސްޓްގާޑުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިހާދިސާގެ ރިޕޯޓުކޮށްފައި ވަނީ ހެނދުނ 6:50 ހާއިރު އެވެ.
މި ހާދިސާގައި، ލޯންޗު ބަންޑުން ޖަހާލައި ލޯންޗުގައި ހުރި މީހެއްގެ ބޮލަށާއި ކޮނޑުހުޅަށް އަނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމީހާ ވަނީ އިތުރު ފަރުވާއަށް މާފުށީ ލޯންޗެއްގައި މާލެއަށް ގެނެސްފައި އެވެ.
އެމްއެންޑީއެފުން ބުނީ އެކްސިޑެންޓުވި ލޯންޗަކީ މަސްވެރިކަމުގައި އުޅުނު ލޯންޗެއް ކަމަށެވެ. އެކްސިޑެންޓުވި ލޯންޗުގައި ފަސް މީހުން އަދި ދޯނީގައި ހަތް މީހުން ތިއްބެވެ.
މިހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފުން ދަނީ ލޯންޗު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް