ކޯވިޑުގައި އިއްޔެ އިންޑިއާއިން ރެކޯޑު އަދަދަކަށް މީހުން މަރުވެއްޖެ

ކޯވިޑް-19 ވައިރަހުގައި އިންޑިއާއިން އިއްޔެ ރެކޯޑު އަދަދަކަށް މީހުން މަރުވެއްޖެއެވެ. އެގޮތުން ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އެކަނި އެ ގައުމުން 1،089 މީހަކު މަރުވެފައިވެއެވެ. އިއްޔެއަކީ އެ ގ...

19 Aug 2020 | 01:32

ކޯވިޑް-19 ވައިރަހުގައި އިންޑިއާއިން އިއްޔެ ރެކޯޑު އަދަދަކަށް މީހުން މަރުވެއްޖެއެވެ. އެގޮތުން ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އެކަނި އެ ގައުމުން 1،089 މީހަކު މަރުވެފައިވެއެވެ.

އިއްޔެއަކީ އެ ގައުމުގައި އެއް ދުވަސްތެރޭގައި މަރުވި މީހުންގެ އަދަދު ހާހުން މައްޗަށް އެރި ތިންވަނަ ދުވަސްވެސް މެއެވެ. އެގޮތުން އޯގަސްޓް ނުވައެއްގައި 1،013 މީހުން އަދި އޯގަސްޓް 13 ގައި 1،006 މީހުން މި ވައިރަހުގައި އެ ގައުމުން މަރުވެފައިވެއެވެ.

ދުވާލެއްގެ މައްޗަށް މަރުވި މީހުންގެ އަދަދު ހާހުން މައްޗަށް ގޮސްފައިވާއިރު އިންޑިއާގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އިއްޔެ އެކަނި އެ އިންޑިއާއިން 65،022 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ކުރީ ދުވަހު 54،000 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެއެވެ. އަދި މި އޯގަސްޓް މަހުގެ ތެރޭގައި ގިނަ ދުވަސް ދުވަހު އިންޑިއާއިން ޕޮޒިޓިވް ވާ މީހުންގެ އަދަދު ހުރީ 50 ހާހުން މަތީގައެވެ.

1.3 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި މިހާތަނަށް މި ވައިރަހަށް 2.7 މިލިޔަން މީހުން ޕޮޒިޓިވް ވެފައިވެއެވެ. މި ވައިރަހުގައި އިންޑިއާއިން މަރުވި މީހުންގެ ޖުމްލަ އަދަދު އުޅެނީ 50 ހާހުން މަތީގައެވެ. ޕޮޒިޓިވް ވެފައިވާ 2.7 މިލިޔަން މީހުންގެ ތެރެއިން ދެ މިލިޔަން މީހުން މި ވައިރަހުން ރަނގަޅުވެފައިވާކަމަށްވެސް އިންޑިއާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް