ކޯވިޑް-19 އަށް އިތުރު 36 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވް ވެފައިވަނީ 29 ދިވެހިންނާއި ހަތް ބިދޭސީންނެވެ. ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި އިންޑިއާ ދެ މީހުންނެވެ.
ކޯވިޑަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ އަށް މީހެކެވެ. މިއާއި އެކު ޖުމްލަ 2،362 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާރު ކޯވިޑަށް ފަރުވާ ދެމުންދަނީ 574 މީހުންނަށެވެ. އޭގެ ތެރެއިން 49 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 2،966 މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ. އޭގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައި އެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ފަސް ބިދޭސީ އެކެވެ. މަރުވި ބިދޭސީންނަކީ ބަންލްދޭޝްގެ ހަތަރު މީހަކާއި ފިލިޕީނޯ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް