2001 ވަނަ އަހަރު މަޝްހޫރު ވެގެން ދިޔަ ފިލްމު، ޕްޔާރް ތޫނޭ ކިޔާ ކިޔާގެ ޑައިރެކްޓަރު ރަޖަތު މުކަރްޖީ ވަނީ ދާދި ފަހުން އިންޑިއާގެ ޖައިޕޫރްގައި ނިޔާވެފައެވެ. އެ ފިލްމުގައި ތަރިއެއް ގޮތުގައި މަސައްކަތް ކޮށްފައިވާ ސޮނާލީ ކުލްކަރްނީ މި ވަނީ ރަޖަތުގެ މަރާ ގުޅިގެން އިހުސާސްތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލައިފައެވެ.
"މުކަރްޖީގެ ފިލްމުގައި މަސައްކަތްކުރި އިރު، އޭނާއަކީ ކުރާ މަސައްކަތް ވަރަށް ފަރުވާތެރި ކަމާއެކު ކުރާ ޑައިރެކްޓަރެއްކަން ފާހަގަވި. ހިތަށް އަރާ އިތުރު ފިލްމެއް ހެދިނަމަ އޭ. ދުއާ އަކީ އޭނާގެ ފުރާނައަށް ރަހްމަތް ލެއްވުން." ސޮނާލީ ބުންޏެވެ.
ސޮނާލީ މި ފިލްމުގައި ފެނިގެން ގޮސްފައިވަނީ ފަރްދީން ހާނާއި، އުރްމިލާ މަޓޮންޑްކަރާ އެކު އެވެ. މި ފިލްމު އިތުރުން ރަޖަތު ވަނީ 2002 ވަނަ އަހަރު ރޯޑް އަދި 2004 ވަނަ އަހަރު ލަވް އިން ނޭޕާލް ޑައިރެކްޓްކޮށްފައެވެ.
މިހާރު އާންމުންގެ ތެރޭގައި މަޝްހޫރު ކަމެއް ހޯދަމުން އަންނަ ވިވޭކް އޮބްރޯއީ، މަނޯޖް ބާޖްޕާއީ އަދި އަންތަރާ މާލީ ވަނީ ރަޖަތުގެ ތްރިލާ ފިލްމު ރޯޑްގައި ތަރިންގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި ރަޖަތުގެ 2004 ވަނަ އަހަރުގެ ލޯބީގެ ތްރިލާ ފިލްމު ލަވް އިން ނޭޕާލްގައި ސޯނު ނިގަމް އަދި ފްލޯރާ ސައިނީ ވަނީ ތަރިންގެ ގޮތުގައި ފެނިގެން ގޮސްފައެވެ.
ރަޖަތުގެ މަރަށް ފަހު، ބޮލީވުޑްގައި އޭނާއާއި އެކު މަސައްކަތްކޮށްފައިވާ ތަރިން ވަނީ ސޯޝަލް މީޑިއާގައި އޭނާގެ މަސައްކަތަށް ތައުރިފުކޮށް އަގު ވަޒަންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް