ރާއްޖެއިން ބޭރުން މާލެ އަންނަ މީހުން ކަރަންޓީންވުން މަޖުބޫރުކޮށްފި

ރާއްޖެއިން ބޭރުން މާލެ އަންނަ މީހުން ކަރަންޓީންވުން މަޖުބޫރުކޮށްފި އެވެ. އެޗްޕީއޭއިން ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ބިދޭސީ މަސައްކަތު މީހުން ކަރަންޓ...

19 Jul 2020 | 13:47

ރާއްޖެއިން ބޭރުން މާލެ އަންނަ މީހުން ކަރަންޓީންވުން މަޖުބޫރުކޮށްފި އެވެ.

އެޗްޕީއޭއިން ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ބިދޭސީ މަސައްކަތު މީހުން ކަރަންޓީން ވުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އޭރު ބުނެފައިވާގޮތުގައި ރައްކާތެރިކަމުގެ ގޮތުން ގޭގައި ކަރަންޓީންވުމަކީ އެދެވިގެންވާ ކަމެކެވެ.

ކަރަންޓީންވުމުގެ އުސޫލަށް އެޗްޕީއޭއިން ގެނައި ބަދަލުގައި ބުނެފައިވާގޮތުން ރާއްޖެއިން ބޭރުން މާލެ އަންނަ މީހުންނާއި ބިދޭސީ މަސައްކަތު މީހުންނާއި އެމީހުންގެ އާއިލާގެ މީހުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީން ވާން ޖެހެނީ އަމީހަކު އަމިއްލައަށް ކަނޑައަޅާ ތަނެއްގައި އެވެ.

އެމީހުންނަށް ބޭރުތެރެއަށް ނުކުމެވޭނީ ކަރަންޓީންގެ މުއްދަތު ހަމަވުމުން ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.

ރާއްޖެއިން އެންމެ ކޯވިޑް-19 ގެ ކޭސްއެއް ފެނިފައިވަނީ މާޗް ހަތް ވަނަ ދުވަހު އެވެ. އެ ދުވަސްވަރު އެޗްޕީއޭއިން އާންމު ކުރި އުސޫލުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީން ވާން ޖެހެނީ ސަރުކާރުން ކަނޑާއަޅާ ރިސޯޓުތަކުގައި ކާއިމްކޮށްފައި ހުންނަ ކަރަންޓީން ފެސިލިޓީތަކުގައި އެވެ.

އެކަމަކު ބޯޑަރު ހުޅލުވައި ޓޫރިޒަމް ހުޅުވާލުމުން މިހާރު ރިސޯޓުތަކުގައި ކަރަންޓީން ކުރުން ވަނީ ހުއްޓާލާފައި އެވެ.

ބޭރުން އަންނަ މީހުން މާލޭގައި ކަރަންޓީން ވާން ޖެހޭއިރު މާލެއިން އަތޮޅުތެރެއަށް ދާ މީހުންވެސް14 ދުވަހަށް ކަރަންޓީން ވުމަކީ މަޖުބޫރު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް