އެސްބީއައިގެ މޯބައިލް ބޭންކިންގ "ޔޯނޯ" އެޕް ރާއްޖެއަށް ތައާރަފުކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން "ޔޯނޯ" މޮބައިލް އެޕްލިކޭޝަން ރާއްޖެއަށް ތައާރަފުކޮށްފިއެވެ. މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްބީއައިގެ ޗީފް އެގްޒެކެޓިވް އޮފި...

19 Jul 2020 | 13:33

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން "ޔޯނޯ" މޮބައިލް އެޕްލިކޭޝަން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްބީއައިގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބާރަތް މިޝްރާ ވިދާޅުވީ، ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރުމަށް ތައާރަފްކުރި ޔޯނޯ އެޕްލިކޭޝަނުން، ކަސްޓަމަރުންނަށް އެކައުންޓް ބެލެންސް ބަލައިލުން، އެހެން އެކައުންޓްތަކަށް ފައިސާ ފޮނުވުން، އެހެން ގައުމުތަކަށް ފައިސާ ފޮނުވުން، އެހެން ބޭންކްތަކުގެ އެކައުންޓްތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަ ކަމާއި އެކު ލިބޭނެކަމަށެވެ.

މިޝްރާ ވިދަޅުވީ، ކުރިއަށް އޮތްތަނުގައި ޔޯނޯ އަށް އިތުރު ޙިދުމަތްތައް އިތުރުކުރާނެ ކަމަށެވެ. އަދި މި އެޕް ލޯންޗުކުރި ފަހުން 3800 މީހުން ވަނީ މި އެޕްލިކޭޝަން ޑައުންލޯޑުކޮށްފަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޔޯނޯ އެޕްލިކޭޝަން ލޯންޗުކުރީ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ. މި އެޕަކީ ކުރިންސުރެ އިންޑިއާގައި ބޭނުން ކުރަމުން އަންނަ އެޕެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް