ތިލަފުށީ ކައިރިން ތިން މީހުންނާއި އެކު ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާލައިފި

މާލެއިން ތިލަފުއްޓަށް ދަތުރު ކުރި "ސެކިއޯ ބޭކް" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. އެމްއެންޑީއެފް ކޯސްޓުގަޑުން މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 5:10 ހާއިރު އެވެ. އެމްއެންޑީއެފު...

19 Jul 2020 | 12:43

މާލެއިން ތިލަފުއްޓަށް ދަތުރު ކުރި "ސެކިއޯ ބޭކް" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފް ކޯސްޓުގަޑުން މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 5:10 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ ދޯނި ބަންޑުން ޖަހާލި އިރު އޭގައި ތިން ފަޅުވެރިން ތިބި ކަމަށެވެ. އެ މީހުން ވަނީ ވިލާ ހަކަތައިގެ ދޯންޏަކަށް ނަގާފައި އެވެ.

ދޯނި ބަންޑުން ޖަހާލީ ކަނޑުގަދަވެ ދޯނި އެއް ފަރާތަށް އަރިއަޅާލައިގެންނެވެ.

އިއްޔެ ހެނދުނުވެސް ދޯންޏެއް ބަންޑުން ޖަހާލާފައިވެ އެވެ. އެ ދޯނީގައި ތިބި ނުވަ މީހުން ކަނޑުވެފައި ތިއްބަ ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް