އެޗްއާރުސީއެމްގެ މެމްބަރު ކަމުން މޫސާ އަލީ ކަލޭފާނުވެސް އިސްތިއުފާ ދެއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރު ކަމުން މޫސާ އަލީ ކަލޭފާނުވެސް އިސްތިއުފާ ދެއްވައިފިއެވެ. އެ ކޮމިޝަނުގެ ރައީސާ އާއި އިތުރު މެމްބަރަކު މިދިޔަ ހަފްތާގައި އިސްތިއުފާ...

19 Jul 2020 | 10:58

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރު ކަމުން މޫސާ އަލީ ކަލޭފާނުވެސް އިސްތިއުފާ ދެއްވައިފިއެވެ.

އެ ކޮމިޝަނުގެ ރައީސާ އާއި އިތުރު މެމްބަރަކު މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައިވާއިރު މޫސަވެސް އިސްތިއުފާ ދެއްވާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން، އެ ކޮމިޝަނުން އޭނާ ވަކި ކުރަން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނިކޮށެވެ.

މޫސަގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި، މުސްތަގިއްލުކަމާއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށަށް ގަބޫލުކުރައްވާކަމަށެވެ.

މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް